ފޮޓޯ: ރާއްޖެއެމްވީ

ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިއްޖެ ހާލަތެއްގައި ކަލާފާނު ސްކޫލު ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން: މާރިޔާ

ބޮޑުތަކުރުފާނުމަގުގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިމާރާތުގައި ހިނގާ ދިޔަ އަލިފާނުގެ ހާދިސާގައި އަސަރު ކުރި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

 މާރިޔާ ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

މާރިޔާ އިތުރަށް ވިދާޅުވީ މިއީ ކޮވިޑްގެ ހާލަތު ކަމަށްވުމުން އުއްމީދުކުރައްވަނީ އަލިފާނުގެ އަސަރުކޮށްފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ގޭގެއަށް ހުކުރު ދުވަހުގެ ރޭ ވަދެވޭނެ ގޮތަކަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވުން ކަމަށެވެ. އެހެންނަމަވެސް ކޮންމެގެން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ އިމާރާތުގައި ރޯވެފައިވަނީ މިރޭ 09:50 ހާއިރުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!