އަލިފާން ރޯވި ސަރަހައްދުގައި އުޅެމުންދާ ކޮވިޑް-19 ޖެހިފައިވާ މީހުންނާއި ކޮންޓެކްޓުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއަށް) ރިޕޯޓު ކުރުމަށް އެދެފިއެވެ.
ބޮޑުތަކުރުފާނު މަގު ބޭންކު ކައިރީގައި ހުރި އިމާރާތެއްގައި ރޯވެ އަނދަމުން އަދަމުންދާ ހާދިސާއާއި ގުޅިގެން އެޗްޕީއޭއިން ބުނީ ކޮވިޑް-19 ޖެހިފައިވާ މީހުންނާއި ކޮންޓެކްޓުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއަށް) ރިޕޯޓު ކުރުމަށް އެދޭކަމަށެވެ. އަދި އަލިފާން ރޯވެފަިއވާ ސަރަހައްދަށް އާންމުން ނުދިއުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަިއެވެ. އެމްއެންޑީއެފުން ބުނީ މިހާރު ކައިރީގައި ހުރި އިމާރާތުން މީހުން ހުސްކުރަމުން ދާ ކަމަށެވެ.
އަލިފާން ރޯވެފައި ވަނީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތާ ޖެހިގެން ހުންނަ ހޮޓާ ހުރި އިމާރާތުގައެވެ. އެއީ އެސްބީއައި ހުންނަ އިމާރާތާ ޖެހިގެން ހުންނަ އިމާރާތެވެ. އެސްބީއައި ގައިވެސް ވަނީ އަލިފާން ހިފާފައިއެވެ. ނަމަވެސް މިހާރު ވަނީ އަލިފާންގަނޑު ކޮންތްރޯލް ކޮސްފައިއެވެ.
އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމަކަށް ރިޕޯޓް ކޮށްފައިއެއް ނުވެއެވެ.