އަލިފާން ނިންވުމަށް އެއާރޕޯޓު ފަޔާ އެންޑް ރެސްކިއު ވެސް އެހީތެރިވަނީ

އަލިފާން ނިއްވުމަށް އެއާރޕޯޓް ފަޔާ އެނޑް ރެސްކިއު ވެސް އެހީތެރިވާން ފަށައިފިއެވެ.

އަލިފާން ރޯވި ކެފޭ ޓިއޮލޯ ވަނީ އަނދާ ހުލިވެފައިއެވެ.

މިހާރު ރޯވެފައި ވާ އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފުން މަސައްކަތް ކުރާ އިރު، އެއާޕޯޓް ފަޔާ އެންޑް ރެސްކިއުވެސް ދަނީ ހަރަކާތްތެރިވަމުނެވެ. މިހާރު އުރީދޫއާއި އެސްބީއައި ހުންނަ އިމާރާތުގައިވެސް ވަނީ އަލިފާން ހިފާފައެވެ.

މިހާދިސާއާ ގުޅިގެން އަލިފާން ރޯވެފައިވާ ސަރަހައްދަށް އާންމުން ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފިއެވެ. އަދި އެ ސަހަރައްދުގައި ކޮވިޑަށް ޕޮޒިޓިވް މީހުންނާއި ކޮންޓެކްޓް ވެފައި ތިބި މީހުން ތިބި ނަމަ އެޗްޕީއޭގެ ނަންބަރަށް ގުޅުމަށްވެސް ވަނީީ އިލްތިމާސް ކޮށްފައެވެ.

އަލިފާން ފުރަތަމަ ރޯވި ކަމަށް ބެލެވޭ ޓިއޯލޭ ކެފޭ އެއްކޮށް އަނދާ ހުލިވެއްޖެއެވެ. މިހާރު އަލިފާންގަނޑު ރޯގެ އަދަމުން ދަނީ ޖެހިގެން ހުރި ހ. ސަންލީޓް އިމާރުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!