އަލިފާނުގެ ހާދިސާ: ދުމުގެ އަސަރު ކުރާ ހިސާބަށް ނުދިނުމަށް އިލްތިމާސް ކޮށްފި

މިވަގުތު ބޮޑުތަކުރުފާނު މަގު އެސް ބީ އައި ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިލްތިމާސްކުރަށްވައިފިއެވެ.

ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިއްމުކަމަށް ވެސް އެފަރާތުން ބުނެއެވެ.

ހާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެ ކަމަށާއި އެ ސަރަހައްދަށް ނުދިއުމަށް ވަނީ އިލްތިމާސް ކުރައްވާފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!