އަލިފާން ހާދިސާ: ކާރީ ހުރި އިމާރާތުން ދަނީ މީހުން ހުސްކުރަމުން

ބޮޑުތަކުރުފާނު މަގު ބޭންކު ކައިރީގައި ހުރި އިމާރާތެއްގައި ރޯވެ އަނދަމުން އެބަދެއެވެ. އެމްއެންޑީއެފުން ބުނީ މިހާރު ކައިރީގައި ހުރި އިމާރާތުން މީހުން ހުސްކުރަމުން ދާ ކަމަށެވެ.

އަލިފާން ރޯވެފައި ވަނީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތާ ޖެހިގެން ހުންނަ ކެފޭ ޓިއޯލޯ ރެސްޓޯރަންޓް ހުރި އިމާރާތުގައެވެ. އެއީ އެސްބީއައި އާ އިންވެގެން ހުންނަ ތަނެކެވެ.

ރޯވެފައި ވާ އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފުން މަސައްކަތް ކުރާ އިރު، އުރީދޫއާއި އެސްބީއައި ހުންނަ އިމާރާތުގައިވެސް ވަނީ އަލިފާން ހިފާފައެވެ. އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ވެސް މިހާރު ހުރީ އަލިފާން ހިފާފައިއެވެ. އަލިފާން ހިފި އިމާރާތް މިހާރު ވަނީ އެއްކޮށް އަދާ ހުލިވެފައި އެވެ.

އެހިސާބު ގަނޑުން ކަރަންޓުވެސް ވަނީ ކެނޑިފައިއެވެ.

އަދި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމަކަށް މައުލޫމާތެއް ނުލިބެއެވެ. ސިފައިން ދަނީ ފެންޖެހުމުގެ މަސައްކަތް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!