މިއަދުވެސް 140 މީހުން ޕޮޒިޓިވް ވެއްޖެ

މިއަދުވެސް 140 މީހުން ޕޮޒިޓިވް، ވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 114 މީހުންނަކީ ދިވެހިންނެވެ. 17 ބަންގަލަދޭޝް މީހުން ހިމެނޭއިރު ދެން ހިމެނެނީ އިންޑިއާގެ 3 މީހުނާއި ނޭޕާލްގެ އަދި ޔޫއޭއީގެ 2 މީހުންގެ އިތުރުން ކެންޔާއާއި ފްރާންސް އިން ކޮންމެ ގައުމަކުން އެކަކު އެވެ.

‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2568 މީހެކެވެ. އޭގެ ތެރެއިން 192 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1426 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 7,469 އަރާފައެވެ.

އެޗްޕީއޭއިން ބުނީ މިއަދު ކޮވިޑުން ރަނގަޅުވީ 182 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 4873 އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2568 މީހުންނެވެ. ކޮވިޑްގައި 28 މީހަކު ވަނީ މަރުވެފައެވެ.

މިވަގުތުވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 192 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!