ކާލީ ޕީލީގެ ސެޓުން ނަގާފައިވާ ބައެއް ފޮޓޯތަށް އަނަންނިޔާ ހިއްސާކޮއްފި

ރިލީޒް ކުރުމަށް ތައްޔާރު ވެފައިވާ ފިލްމު “ކާލީ ޕީލީ ” ގެ ސެޓުން ނަގާފައިވާ ބައެއް ފޮޓޯތަށް ފިލްމުގެ ބަތަލާ އަނަންނިޔާ ޕާންޑޭ އޭނާގެ އިންސްޓަގުރާމްގައި ހިއްސާކޮއްފިއެވެ. ފިލްމުގައި ޕޫޖާ ނަމަކަށް ކިޔާ އަންހެން ކުއްޖެއްގެ ބައިން ފެނިގެންދާ ޒުވާން މި އެކްޓަރެސް އާއި އެކު ހަރަކާތްތެރިވަނީ އިޝާން ކަންޓަރެވެ.

އިޝާން އަކީ މީގެ ކުރިން ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި ސުރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރާއި އެކު “ދަޅަކް” އިންވެސް ފެނިގެން ގޮސްފައިވާ ހުނަރުވެރި ތަރިއެކެވެ.

މިއީ ކެބް ޑުރައިވަރަކާއި އަންހެން ކުއްޖަކު ދިމާވެ، އެދެމީހުންގެ ދޭތެރޭގައި އުފެދޭ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮއްފައިވާ ފިލްމެއް ނަމަވެސް ފިލްމުން އެކްޝަންވެސް ފެނިގެންދާނެކަމަށް ފިލްމުގެ ކާސްޓުން ބުނެއެވެ.

އަނަންނިޔާ ޕާންޑޭ އަކީވެސް މީގެ ކުރިން ބޮލީވުޑުގެ ބައެއް ފިލްމުތަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ. ޕަތީ ޕަތުނީ އޯރު ވޯ ފަދަ ބައެއް މަޝްހޫރު ފިލްމުތަކުގައި އޭނާ ވަނީ އޭނަގެ އެކްޓިން ބެލުންތެރިންނަށް ދައްކާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!