ބޮޑުތަކުރުފާނު މަގު ބޭންކު ކައިރީގައި ހުރި އިމާރާތެއްގައި ރޯވެ އަނދަމުން އެބަދެއެވެ. އެމްއެންޑީއެފުން ބުނީ މިހާރު ކައިރީގައި ހުރި އިމާރާތުން މީހުން ހުސްކުރަމުން ދާ ކަމަށެވެ.
އަލިފާން ރޯވެފައި ވަނީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތާ ޖެހިގެން ހުންނަ ހޮޓާ ހުރި އިމާރާތުގައެވެ. އެމްއެންޑީއެފުން އަންނަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންނެވެ.
ރޯވެފައި ވާ އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފުން މަސައްކަތް ކުރާ އިރު، އުރީދޫއާއި އެސްބީއައި ހުންނަ އިމާރާތުގައިވެސް ވަނީ އަލިފާން ހިފާފައެވެ. އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ވެސް މިހާރު ހުރީ އަލިފާން ހިފާފައިއެވެ. އަލިފާން ހިފި އިމާރާތް މިހާރު ވަނީ އެއްކޮށް އަދާ ހުލިވެފައި އެވެ.
އެހިސާބު ގަނޑުން ކަރަންޓުވެސް ވަނީ ކެނޑިފައިއެވެ.
އަދި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމަކަށް މައުލޫމާތެއް ނުލިބެއެވެ. ސިފައިން ދަނީ ފެންޖެހުމުގެ މަސައްކަތް ކުރަމުންނެވެ.
ރޯވި ހޮޓާގައި ހިފި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލެވިފައިއެވެ. ހޮޓާ ވަނީ އެއްކޮން އަދާ ހުލިވެފައިއެވެ. އަދި ޖެހިގެން ހުރި އެސްބީއައި ޖެހިގެން ހުރި އިމާރާތުގެ މަތީ ފަންގިފިލާފައި ރޯވެފައިވާ އަލިފާންގަޑު ވަނީ ވަރަށް ބޮޑަށް ހިފާފައިއެވެ.
އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ އިމާރާތަކީ ބީއެމްއެލްއާ އިންވެގެން ހުރި އިމާރާތެވެ. ވަރަށް ބޮޑަށް އިމާރާތުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެނިގެންދެ އެވެ.
މި ހާދިސާގައި މީހަކަށް އަނިޔާވިކަން އަދި ސާފެއް ނުވެ އެވެ.