ކޮވިޑް19 އަށް ރަޝީއާއިން އުފެއްދި ވެކްސިން ނަތީޖާ ހާސިލްވެތޯ ބެލުމަށް ފުރަތަމަވެސް ޖަހާފައިވަނީ ރަޝިއާގެ ރައީސްގެ އަންހެން ދަރިފުޅަށް

މުޅި ދުނިޔެގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށްވާ ކޮވިޑް 19 އަށް ރަޝީއާއިން ވެކްސިނެއް އުފައްދާ ތަޖުރިބާ ކުރުމަށް ތައްޔާރުވަމުން އަންނަ ކަމުގެ ވާހަކަތަށް މީގެ ދުވސްކޮޅެއް ކުރިން އައީ ފެތުރެމުންނެވެ. މި ވެކްސިން އީޖާދުކޮއްފައިވާއިރު އޭގެން އެންމެ އެކަށީގެންވާ ނަތީޖާ ހާސިލްވެތޯ ބެލުމަށް މި ވެކްސިން ފުރަތަމަވެސް ޖަހާފައިވަނީ ރަޝިއާގެ ރައީސް ފޫޓިންގެ އަންހެން ދަރިފުޅަކަށް ކަމަށް ރޯސިޔާ 1 އަށް ޕުޓިން ދިން އިންޓަވިއުއެއްގައި ބުނެފިއެވެ.

މިކަން މިހެން ކޮއްފައިވަނީ ދަރިފުޅުގެ ފުރިހަމަ އިޢުތިރާޒާއި އެއްބާރުލުން ލިބިގެންކަން ހާމަކުރަމުން އެވެކްސިނުން ދަރިފުޅަށް ކޮއްފައިވާ އަސަރުވެސް ޕޫޓިންވަނީ ހާމަކޮއްފައެވެ. “ސްޕުޓްނިކް ވީ” ނަމަކަށް ކިޔާ މިވެކްސިން ޖެހުމަށް ވޮލަންޓިއާކޮއްފައިވަނީ ދަރިފުޅުއަމިއްލައަށް ކަމަށް ޕޫޓިން ބުނެފައިވާއިރު މިވެކްސިން ތަޖުރިބާ ކުރުމަށްޓަކައި މިހާރު ބައެއް ޖަނަވާރުގެ އިތުރުން ވޮލެންޓިއާކުރި އެހެން މީހުންނަށްވެސްވަނީ ދެވިފައެވެ.

ވެކްސިން ޖެހިއިރު 38.7 ޑިގްރީ ސެލްސިއަސް ގައި ހަށިގަނޑުގެ ފިނި ހޫނުމިން ހުރި ޕޫޓިންގެ ދަރިފުޅު ޖެހިގެންއައި ދުވަހު 37 ޑިގްރީ ސެލްސިއަސް އަށް ފިނިހޫނުމިން ދައްވި ކަމަށާއި އެހެން ނަމަވެސް 21 ދުވަސްފަހުން އެންމެ ފަހު ޝޮޓު ޖެހުމާއި ގުޅިގެންވެސް މީހާއަށް ނޭދެވޭ އެއްވެސް އަސަރެއް ކޮއްފައި ނުވާކަމަށް ޕޫޓިން ބުނެއެވެ. މި ވެކްސިނަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް އެންޓި ބޮޑީސް ހަށިގަނޑުގައި ޑިވެލޮޕް ކޮއްދޭ ވެކްސިނެއްކަން ހާމަވެފައިވާކަމަށްވެސް ޕޫޓިން ބުނެއެވެ.

“ސްޕުޓްނިކު ވީ ” އަކީ ކޮވިޑް 19 އާއި ދެކޮޅަށް އެންމެ ފުރަތަމަ ކާމިޔާބުކުރި ވެކްސިނެވެ.

ރަޝިއާއިން އުފައްދާފައިވާ މިވެކްސިން އާއްމުންނަށް ލިބޭވަރުވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީގެ ތެރޭގައި ކަމަށް ރިޕޯޓުތަށް ދަނީ ބުނަމުންނެވެ.  ވެކްސިން އާއްމުންނަށް ލިބުމާ ހަމައަށް ވެސް އިންސާނުންގެ ދިރިއުޅުމަށް ގެންނަންޖެހޭ ހެޔޮ ބަދަލުތަށް ގެނެސްގެން ދިރިއުޅުމަށް ޕޫޓިން ވަނީ ގޮވާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!