5000 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު އުރީދޫ އަތޮޅު ދުވުން ފަށައިފި

5000 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު އުރީދޫ އަތޮލޫ ދުވުން މިއަދު ފަށައިފިއެވެ.

އުރީދޫން ބުނީ، މިއަދު އަތޮލޫ ދުވުން ފަށަފައިވާ އިރު މި ދުންވުން ކުރިއަށް ގެންދިއުމުގެ މަގްސަދަކީ، ކުޅިވަރު ނުވަތަ ކަސްރަތު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދީ، އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޯދާދިނުން ކަމަށެވެ.

5 ކިލޯމީޓަރގެ ދުވުމުގައި 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ އިރު 5 ކިލޯމީޓަރު ދުވުމުގައި ބައިވެރިވާ ދުވުންތެރިން، ގޭގައި ހުރެގެންވެސް ނުވަތަ ކައިރީގައިވާ ދުވާ ޓްރެކެއްގައިވެސް މި ދުވުން ފުރިހަމަކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. 5ކޭ ދުވުން ފުރިހަމަ ކުރުމުން، އުރީދޫ އަތޮޅު ދުވުމުން ރެކޮމެންޑްކޮށްފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން އެޕްލިކޭޝަނެއް މެދުވެރިކޮށް ދުވުން ޓްރެކް ކުރެވޭނެއެވެ. އެ ގޮތުން ސްޓްރާވާ، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކީ ރަން ކްލަބް، އަދި ރަންކީޕަރ ބޭނުންކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި ދުވުން ފުރިހަމަ ކުރުމަށް ފަހު، ދުވުމުގެ ރޫޓް ފެންނަގޮތަށް ސްކްރީން ޝޮޓެއް އަތޮޅު ދުވުން ޕޯޓަލް މެދުވެރިކޮށް ފޮނުވުމުން ވާޗުއަލް މެޑަލް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

15 ކިލޯމީޓަރގެ ދުވުމަކީ އުރީދޫ މޯލްޑިވްސްގެ މި ވަރޗުއަލް ދުވުމުގައި ދިވެހިންނާއެކު އުރީދޫ ފުރިހަމަކުރި ކާމިޔާބު 15 އަހަރުގެ ރަމްޒެއްގެ ގޮތުގައި 20 އަތޮޅުން 20 ދުވުންތެރިންނާއެކު 15 ކިލޯމިޓަރު ރާއްޖޭގެ އުތުރުން ދެކުނަށް ފުރިހަމަކުރާނެ ދުވުމެއް ކަމަށް އުރީދޫން ބުނެއެވެ. މި 15 ކިލޯމީޓަރުގެ ދުވުމަކީ ވާޗުއަލް ރިލޭއެކެއެވެ.

އުރީދޫ އަތޮޅު ދުވުމުގެ ޕާރޓްނަރުންނާއި ގުޅިގެން ދުވުމުގެ ބައިވެރިންނަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އުރީދޫން ބުނެއެވެ. އެ ގޮތުން ދިނުމަސް ހަމަޖެހިފައިވާ އިނާމުތަކަކީ:

  1. ދުވުމުގެ ތެރެއިން ނަންގަވާފައިވާ ފޮޓޯ، ސޯޝަލް މީޑިއާގައި ޝެއަރ ކުރުމުން ދުވުންތެރިންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ އައިފޯން އެސްއީ އެއް ލިބޭނެއެވެ. ފޮޓޯ ޝެއާ ކުރާ އިރު އުރީދޫ މޯލްޑިވްސްގެ އެކައުންޓް ޓެގް ކުރައްވާ OoredooAtholhuDhuvun #MavesDhuvan# ހޭޝްޓެގް ބޭނުން ކުރަން ޖެހޭނެއެވެ. މީގެ އިތުރުން ޕޯސްޓް ފެންނާނެހެން އެކައުންޓް ޕަބްލިކް ކުރުމަށްވެސް އުރީދޫ އިން އިލްތިމާސްކުރެއެވެ.
  2. ދުވުން ނިންމުމަށްފަހު، މެޑަލް ޕޯޓަލް އަށް ދުވިގޮތުގެ ސްކްރީންޝޮޓް އަޕްލޯޑް ކުރާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 100 ފަރާތަކަށް، 100 ރުފިޔާގެ ވައުޗާއެއް ހެބިޓަސް ފްރެޝްގެ ފަރާތުން ދޭ ހާއްސަ އިނާމެއްގެ ލިބިގެންދާނެއެވެ.
  3. އަދި މީގެ އިތުރުން، ވާޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ޝެއާ ކުރާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 5 ފަރާތަކަށް ދަ މެރަތަން ޝޮޕްގެ ފަރާތުން 1000 ރުފިޔާ ގެ ވައުޗާ އަދި ނަސީބުވެރި 3 ފަރާތަކަށް މެޑްމެކްސްގެ ފަރާތުން ދެ މީހަކަށް ރޭގަނޑުގެ ކެއުމެއް ލިބޭނެއެވެ

އާއްމު ދުވުންތަކާއި ޙިލާފަށް، މި ވާޗުއަލް ދުވުމަކީ 48 ގަޑިއިރުގެ ތެރޭގައި، ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައި ވެސް ހުރެ ފުރިހަމަ ކޮށްލެވޭނެ ދުވުމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!