ވިސާ ހަމަވި ބިދޭސީންނަށް ވިސާ އާނުކޮށް ފުރޭނެ: އިމިގްރޭޝަން

މާޗު މަހުގެ 19ގެ ފަހުން ބިދޭސީންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު ހަމަވެފައިވާނަމަ ވިސާގެ މުއްދަތު އިތުރު ނުކޮށް ބިދޭސީންނަށް ފުރޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ނުފުރިފައިވާ ބިދޭސީންނަށް ލުޔެއް ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރަމުގެ ގޮތުން ޓްއަރިސްޓް ވިސާ އާއި ބިޒްނަސް ވިސާ އަދި ކަނޑު ބޯޓުތަކުން ރާއްޖެ އެތެރެވާ ފަރާތްތަކުގެ ތެރެއިން ވިސާ ހަމަވެފައިވާ ފަރާތްތަކަށް ވިސާގެ މުއްދަތު އިތުރުނުކޮށް، ފުރޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ އިންތިޒާމުގެ ދަށުން ބިދޭސީންނަށް ފުރޭނީ އެޕްލިކޭޝަން ފޮ އިމަރޖެންސީ ޑިޕާޗާ ފޯމް ފުރުމަށްފަހު އިމިގްރޭޝަނަށް ހުށަހަޅައިގެންނެވެ.

އެފޯމު ހުށަހަޅައިގެން ރާއްޖެއިން ފުރޭނެ އެންމެ ފަހު ތާރީހަކީ އަންނަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަސް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!