މޯލްޑިވިއަން އައިޑޮލް ގެ ފަރަޝް، ދެ އަންހެނަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައެއް ފެންމަތިވެއްޖެ!

މޯލްޑިވިއަން އައިޑޮލް ސީޒަން 2 ގައި ބައިވެރިވެ ގިނަ ބައެއްގެ ތަރުހީބު ހޯދި އަަހުމަދު ފަރަޝް، ރޭ ފުވައްމުލަކުގައި މާރާމާރީއެއް ހިންގައި ދެ އަންހެނަކަށް ވެސް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހަކުން ރިޕޯޓް ކޮސްފައިވާގޮތުގައި އަނިޔާ ލިބުނު އާއިލާގެ ފަރާތުން ބުނީ ފަރަޝް އާއި އޭނާގެ ކޮއްކޮ އިބްރާހިމް ޝިއުޒް ރޭ ދަންވަރު 1:00 ހާއިރު، ފުވައްމުލަކުގައި ހުރި ގެއެއްގެ ދޮރުމަށްޗަށް ގޮސް މާރާމާރީ ހިންގި ކަމަށެވެ. އެމީހުން ދިޔައީ އިތުރު ހަތަރު މީހުން ވެސް ގޮވައިގެން ކަމަށް ވެސް މައުލޫމާތު ދިނެވެ.

“ވީގޮތަކީ އަޅުގަނޑުގެ ފިރިހެން ކޮއްކޮއެއް ގުޅީ ފަރަޝްގެ އަންހެން ކޮއްކޮ އަށް. އަންހެން ކޮއްކޮއަށް އަސްލުގައި ގުޅީ ފަރަޝްގެ ފިރިހެން ކޮއްކޮ (ޝިއުޒް) ގެ ނަންބަރު ހޯދަން ވެގެން. މެސެންޖަރ އިން ގުޅީ. ގުޅުމުގެ ކުރިން މެސެޖުވެސް ކުރި ބޭބެ(ޝިއުޒް) ގެ ނަންބަރު ދީބަލާށޭ ކިޔާފަ. ދެން މެސެންޖަރ އިން ގުޅީމަ ފޯނު ނެގީ އެއަންހެން ކުއްޖާގެ ފިރިމީހާ. ބުނި މިއޮއް ދަންވަރު ގަޑީގައި ހެއްޔޭ ނަންބަރު ހޯދަން ގުޅަނީ. ދެން އެފިރިހެންމީހާ ވަރަށް ހަޑިކޮށް ވާހަކަ ދައްކާފައި އެއްޗެހިކީ. އެއްޗެހި ކީމަ، ކޮއްކޮ ވެސް އެއްޗެހިކީ.” މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭގެ އިރުކޮޅެއް ފަހުން ނުދަންނަ ނަންބަރަކުން އެގޭގެ އެހެން ފިރިހެން ކުއްޖަކަށް (ކުރިން މައްސަލަ ޖެހުނު ކުއްޖާގެ ބޭބެއަކަށް) ގުޅާފައި ބުނީ އެއީ ޝިއުޒް ކަމަށާއި މައްސަލަ ޖެހިފައިވުމުން ވާހަކަ ދައްކާލަން ދާކަމަށެވެ.

“ސައިކަލުގައި ހަ މީހުން އައީ. ދެން ފިރިހެން ކޮއްކޮ އާއި ބޭބެ ނިކުތީ އެމީހުންނާއި ވާހަކަ ދައްކަން. ޝިއުޒް އަށް ކޮއްކޮ ދެއްކި މެސެޖުވެސް، މިހުރީ ނޫންހޭ ތިމަންނަ މެސެޖުކޮށްފައި. އެހެން ގޮތަކަށް ވާހަކައެއް ވެސް ނުދައްކަމެއް ނޫންހޭ. އެހެން ބުނި ތަނާހެން ފަރަޝް ހުރެފަ ކޮއްކޮ ގައިގަ ޖަހަނީ. ފަރަޝް އާއި ކޮއްކޮ އާއި މިދިޔަ އަހަރުވެސް މައްސަލައެއް ޖެހިފަ ހުރީ. އެމީހުންގެ ތެރެއިން އައި ތިން މީހަކު ހުރީ ބޭބެ ގައިގާ ހިފަހައްޓައިގެން ބޭބެއަށް އަނިޔާކުރަން. ޝިއުޒް ހުރީ ކޮއްކޮ ގައިގާ ހިފަހައްޓައިގެން ފަރަޝް ތެޅިއިރު” އެމީހާ ބުންޏެވެ.

އެވަގުތު އެއާއިލާގެ އަންހެނަކު އެމާރާމާރީ ހުއްޓުވަން އެތަނަށް ދިޔުމުން ފަރަޝް އެއަންހެން މީހާގެ މޭމަތީގައި ވަރަށް ބާރަށް ޖެހިކަމަށް މައުލޫމާތު ލިބެއެވެ. މޭމަތީގައި ޖެހުމުގެ ސަބަބުން އަންހެން މީހާއަށް ނޭވާ ނުލެވިގެން 10 ވަރަކަށް މިނެޓު އެއަންހެންމީހާ ހުރިކަމަށް ވެސް މައުލޫމާތު ލިބެއެވެ

އެތަނަށް ދެން އެގެއިން އެމީހުންގެ މަންމަ ދިޔުމުން މަންމަވެސް “ފޮޅާލި” ކަމަށް ބުންޏެވެ.

ފަރަޝް އާއެކު ދިޔަ ފަސް މީހުންގެ ތެރެއިން އެކަކު އެމާރާމާރީ ހުއްޓުވަން މަސައްކަތް ކުރިކަމަށާއި އެކަން ހުއްޓާލުމަށް ބުނެ އެތަނުން ދާން ހިނގާށޭ ބުނި ކަމަށް ވެސް ވެއެވެ.

މާރާމާރީ ހިންގި ވަގުތު ފުލުހުންނަށް އެންގި ކަމަށާއި ނަމަވެސް ފުލުހުން އެތަނަށް ދިޔައިރު ފަރަޝް މެން އެތަނުން ގޮސްފިކަމަށް ވެސް ބުނެފައިވެއެވެ.

  1. ކޮން ފަރެހެއް..އަހަރެމެނަށް އެއްވެސް ފަރެހެއް ނޯއްނާނެ އޭނަ އެ އެ މާ މިޅު ލަވަކިއުންތެރި އެއްތަ..

    2
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!