މައުމޫންގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން: ޔުމްނާ

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ދަރުމަވަން ހޮސްޕިޓަލް (ޑީއެޗް) ގައި އެޑްމިޓް ކުރައްވާފައިވާ ކުރީގެ ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ރޯގާގެ އާލާސްކަންފުޅަކާއި ގުޅިގެން ޑޮކްޓަރަށް ދައްކަވަން ހޮސްޕިޓަލަށް ވަޑައިގެން ކޮވިޑަށް ޓެސްޓް ކުރެއްވުމުންނެވެ. އެކަމާއި ގުޅިގެން މިމަހުގެ 25 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ވަނީ ދަރުމަަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކުރައްވާފައެވެ.

ޔުމްނާ މިއަދު ވިދާޅުވީ ރައީސް މައުމޫންގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން ކަމަށެވެ. އަދި ކުރީގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހިމްގެ ހާލުކޮޅުވެސް ރަނގަޅު ކަމަށް ވިދާޅުވިއެވެ.

މީގެ އިތުުރުން ބައްޕާފުޅު ޕޮޒިޓިވްވުމާއި ގުޅިގެން ޔުމްނާ ހުންނެވީ 14 ދުވަހުގެ ކަރަންޓީނެއްގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!