ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކަރަންޓީނަށް!

ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އެމަނިކުފާނު ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު މިނިސްޓަރު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައްޕާފުޅު މައުމޫންގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި، އަދި މަންމާފުޅު ނަސްރީނާ އިބްރާހިމްގެ ހާލުކޮޅުވެސް ރަނގަޅު ކަމަށެވެ. ބައްޕާފުޅު ޕޮޒިޓިވްވުމާއި ގުޅިގެން މިނިސްޓަރު ޔުމްނާ ހުންނެވީ 14 ދުވަހުގެ ހޯމް ކަރަންޓީނުގައެވެ.

ރައީސް މައޫމުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރެއްވީ އަންގާރަ ދުވަހުއެވެ. އެކަން ހާމަކުރެއްވި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. އުމުރުން 82 އަހަރުފުޅުގެ މައުމޫން އަށް ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑުގެ ބަލި މީހުންނަށް ހާއްސަކޮށްފައިވާ ފްލޯގައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!