ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް އަލުން ލިބިއްޖެ

ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް އަލުން ލިބިއްޖެއެވެ.

އެ ޖަމާއަތުން އެކަން އަންގާފައި ވަނީ، އެ އިދާރައިގެ ރައީސް ލޮއިސް މާޓިން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ.

ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އައި ކޮމަންވެލްތު ގޭމްސް އަދި ކޮމަންވެލްތު ޔޫތު ގޭމްސްއަކީ ރާއްޖޭގެ އެތުލީޓުން ދުނިޔޭގެ ފެންވަރުގެ އެތުލީޓުންނާ ވާދަކޮށްލަން ލިބޭ އެންމެ ރަނުގެ ފުުރުސަތެވެ. އަދި އެ ދެ ގޭމްސްއާ އެކު ލިބޭ ތަމްރީން ފުރުސަތުތަކުގެ ބޭނުން އެތުލީޓުންނަށް ނުހަނު ބޮޑެވެ. އެހެން ނަމަވެސް ކުރީ ސަރުކާރުން ދިވެހި ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމި ނިންމުމާ އެކު އެ ފުރުސަތުތައް ގެއްލުނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ނަމަވެސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައިސް ކުރެއްވި ވައުދުފުޅުތަކުގެ ތެރެއިން ކޮމަންވެލްތުގެ މެމްބަރަކަށް ރާއްޖެ ވެފައިވާ އިރު ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) މެމްބަރުކަން ލިބިފައިވާކަން ރައީސް މިއަދު ވަނީ އިއުލާން ކުރައްވާފަ އެވެ.

ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ މި ޖަމާއާތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. އަށާރަ ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި ހަތަރު ހާހެއްހާ އެތުލީޓުން ބައިވެރިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!