މާލެ ސަރަހައްދުން 3 މިސްކިތެއްގެ މަގުމަތީގައި ނަމާދު ކުރާ، ކުރީ ސަފު ވަކި ކުރާ ލައިން ކުރަހައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، މާލޭގެ ބައެއް މިސްކިތްތަކުގެ މަގުމަތީގައި ނަމާދުކުރާ ކުރީ ސަފު ވަކި ކުރާ ލައިން ކުރަހާފައިވާ ކަމަށެވެ.
ރޭގެ ވަގިތެއްގައި މި މަސައްކަތް ކޮށްފައި ވަނީ ފުރުގާން މިސްކިތާއި ޝަހީދު އަލީ މިސްކިތާއި އިބްރާހިމް މިސްކިތް ބޭރުގައި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
އަދި މި މަސައްކަތް ކުރެވުނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.