ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.
އެކަން ހާމަކޮށް އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނީ މަޖިލީހުގެ ރައީސް ނަޝީދު ވަނީ މިއަދު ނުރަސްމީ ދަތުރުފުޅެއްގައި އިނގިރެސިވިލާތަށް ވަޑައިގެންފައި ކަމަށެވެ. އެކަމަކު އެމަނިކުފާނު އެގައުމަށް ވަޑައިގަންނަވާ ސަބަބު އެމްޑީޕީން ހިއްސާކޮށްފައެއް ނުވެ އެވެ.
އެމަނިކުފާނު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު އެގައުމަށް ފުރާވަޑައިގެންނެވި ނަމަވެސް އަދި މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ވެސް ނުނިމެ އެވެ.