އެޗްއީއޯސީގެ ފްރަންޓްލައިން މުވައްޒަފުންގެ އެކޮމަޑޭޝަން ހަމަޖެއްސުމަށް ބަޔަކު ހޯދަނީ

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގައި މަަސައްކަތްކުރާ ފްރޮންޓްލައިން މުވައްޒަފުންގެ އެކޮމަޑޭޝަން ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެޗްއީއޯސީގެ ފްރޮންޓްލައިން މުވައްޒަފުންގެ އެކޮމަޑޭޝަން ހަމަޖެއްސުމަށް، ޝައުގުވެރިވާ ފަރާތްތައް ހޯދަމުން އަންނަ ކަމަށެވެ. 

އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތައް މިމަހުގެ 30 ވާ އާދިއްތަ ދުވަހުން ފެށިގެން ސެޕްޓެމްބަރު ހަތް ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދޭ ފޯމު އެޗްއީއޯސީއަށް މެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެެ.

އެކަމަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 ސެޕްޓެމްބަރުވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

އަދި އެ އިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންނަމަ ސެޕްޓެމްބަރު 13 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ކުރިން [email protected] އަށް މެއިލްކުރުމަށް ވެސް އެދެެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!