ޖަޕާނުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުން ޝީންޒޯ އަބޭ އިސްތިއުފާ ދެއްވައިފިއެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުން އަބޭ އިސްތިއުފާ ދެއްވާފައި މިވަނީ، ސިއްހީ ހާލުކޮޅު ހުރި ގޮތުން އެފަދަ މުހިންމު ޒިންމާއެއް އަދާކުރެއްވުމަށް ތަން ނުދޭތީ ކަމަށް ޚަބަރު ލިބެއެވެ. އެގޮތުން ބަލިހާލަތު ހުރި ގޮތުން، މުހިންމު ނިންމުންތައް ނިންމުމުގައު ގޯހެއް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށް އަބޭ ވަނީ ވިދާޅުވެފައެވެ.

އަބޭއަށް ޖެހިފައިވަނީ ފަރުވާއެއް ކުރެވެން ނެތް، ކޯލިޓައިސް ނަމަކަށް ކިއާ ބައްޔެކެވެ. މި ބަލީގެ ތަކުލީފުތަކުގައި، މީގެ ކުރިންވެސް އަބޭ ވަނީ ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މަގާމުން ރަސްމީ ހައިސިއްޔަތުގައި އިސްތިއުފާ ދެއްވި ނަމަވެސް، އާ ބޮޑުވަޒީރަކު ކަނޑައެޅެންދެން އެ މައްސޫލިއްޔަތު އަދާކުރައްވާނީ އަބޭ ކަމަށް ޚަބަރު ލިބެއެވެ. ބޮޑުވަޒީރު ކަމުގެ މަގާމުން އަބޭ އިސްތިއުފާ ދެއްވުމާއެކު އާ ލީޑަރަކު އިންތިހާބު ކުރުމުގެ މަސައްކަތް، ވެރިކަން ކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ)އިން ކުރަންޖެހެއެވެ. އާ ބޮޑުވަޒީރަކު ކަނޑައަޅާނީ ގާނޫނު ހަދާ މަޖިލީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!