ކުޅުދުއްފުށީ ސިޓީގައި ތަރައްގީކުރަން ނިންމާފައިވާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ހަދަން ބޭނުންވާ ބިން ކައުންސިލުން ހަމަޖައްސައިފި އެވެ.
ޓާޝަރީ ހޮސްޕިޓަލު އެޅުމަށް 130،493 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައި ވަނީ އެރަށު ހިއްކި ސަރަހައްދުންނެވެ.
އެ ރަށުގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅަން ނިންމާފައިވާކަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާންކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
ހޮސްޕިޓަލު އިމާރާތް ކުރުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދޭނީ ތަނުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ކަމަށާއި ހާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުން ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ކުޅުދުއްފުށި ސިޓީގައި ތަރައްގީކުރަން ނިންމާފައިވާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓާ ހަދަން ބޭނުންވާ ބިން ކައުންސިލުން ހަމަޖައްސައިދީފި އެވެ. ކުޅުދުއްފުށި ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.
ކުޅުދުފުއްޓަކީ ޖުމްލަ 10،150 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގެ އިތުރުން ހއ. ހދ އަދި ށ. އަތޮޅުގެ މީހުން ސިއްހީ ހިދުމަތް ހޯދުމަށް ކޮންމެ ދުވަހަކު އެރަށަށް ދަތުރުކުރެ އެވެ. ދުވާލެއްގެ މައްޗަށް އެވްރެޖު ގޮތެއްގައި 310 މީހުން ހޮސްޕިޓަލުން ފަރުވާ ހޯދާ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެ އެވެ. އަދި އެވްރެޖު ގޮތެއްގައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 19 މީހުން ފަރުވާއަށް މާލެ ފޮނުވަން ޖެހެ އެވެ.