ޕޮގްބާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

މެންޗެސްޓާ ޔުނައިޓެޑްގެ މިޑް ފިލްޑާ އަދި ފްރާންސްގެ ގައުމީ ޓީމްގެ ޕޯލް ޕޮގްބާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އުމުރުން 27 އަހަރުގެ ޕޮގްބާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ނޭޝަނަލް ލީގުގެ މެޗުތަކުގައި ވެސް އޭނާ ނުކުޅޭނެ އެވެ.

އަދި ޓޮޓެންހަމްގެ މިޑް ފިލްޑާ ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭނާއަކީ ވެސް ފްރާންސްގެ ގައުމި ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

ސެޕްޓެމްބަރު ފަހެއް އަދި އަށް ވަނަ ދުވަހު ފްރާންސް އިން ނެޝަނަލް ލީގުގައި ކުޅެން ތާވަލްކޮށްފައިވާއިރު ޕޮގްބާގެ މަގާމަށް ދެން ކުޅޭނީ 17 އަހަރުގެ ރެނެސްގެ މިޑް ފިލްޑާ އެޑުއާޑޯ ކަމަވިންގާ އެވެ.

ފްރާންސްގެ ހެޑް ކޯޗު ޑެސްޗެންޕް ބުނެފައިވާ ގޮތުގައި ލިސްޓަށް ބަދަލު ގެންނަން ޖެހުނީ އެންމެ ފަހު ވަގުތުގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!