ފުވައްމުލަކުގައި ހުރި ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ފުވައްމުލަކު ސިޓީގައި އިމާރާތްކޮށްފައިވާ 200 ފްލެޓުގެ ތެރެއިން ބާކީ ހުރި ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ސަރުކާރުގެ ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި އިމާރާތް ކޮށްފައިވާ 200 ފްލެޓުގެ ތެރެއިން ބާކީ ހުރި އޭ ކެޓަގަރީގެ (ފުވައްމުލަކު ރައްޔިތުންނަށް ޚާއްސަ ކުރެވިފައިވާ) 40 ފްލެޓާއި، ބީ ކެޓަގަރީގެ (ފުވައްމުލަކަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ) 7 ފްލެޓަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު 2020 އޮގަސްޓް 30 ވާ އާދީއްތަ ދުވަހުން ފެށިގެން 2020 ސެޕްޓެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ 14:00ށް ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ މީގެ ކުރިން ހުށަހަޅުއްވާފައިވާ ފޯމްތަކުގެ ތެރެއިން ޝަރުތު ހަމަވެ ފްލެޓް ލިބިފައިނުވާ ފަރާތްތަކުގެ ފޯމްތައް މި ފުރުސަތުގައި ހިމެނުމަށް ބޭނުންވާނަމަ ސިޓީއަކުން އެކަން ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި މިފޯމްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ހާލަތު ބަދަލުވެފައިވާނަމަ ނުވަތަ ކުރިން ހުށަހަޅާފައިނުވާ ލިޔުމެއް ހުށަހަޅަން ބޭނުންވާނަމަ އަލުން ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!