ކޮވިޑް-19ގެ ހާލަތާ ގުޅިގެން ސަނަދު ވެލިޑޭޓް ކުރަމުން އައި އުސޫލަށް ލުއި ދީފި

ކޮވިޑް-19ގެ ވަބާ އާ ގުޅިގެން، މިހާލަތުގައި ސަނަދު ވެލިޑޭޓް ކުރަމުން އައި އުސޫލަށް ލުއިދިނުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ނިންމައިފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބުނީ ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން، ސަނަދުގެ ފެންވަރު ބެލުމަށް ހުށަހެޅުމުގައި ލުއި ފަސޭހަކަން ހޯދައި ދިނުމަށް އެ އޮތޯރިޓީގެ ގަވަރނިންގ ބޯޑުން 22 ޖުލައި 2020 ގައި އޮތް މި އަހަރުގެ 3 ވަނަ ބައްދަލުވުމުގައި ކޮވިޑް-19 ވަބާ އާ ގުޅިގެން، ސަނަދު ވެލިޑޭޓް ކުރަމުން އައި އުސޫލަށް ލުއިދިނުމަށް ފާސްކޮށްފައިވާ ކަމަށެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބުނީ މި އުސޫލުގެ ދަށުން މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ތިބޭ ފަރާތްތަކަށް ލިޔުންތަކުގެ އަސްލު އޮތޯރިޓީ އަށް ހުށަހެޅުމަށް ދަތިވާތީ، އެމީހަކު ހުރި ރަށެއްގައި ހުންނަ ކައުންސިލުން ލިޔުންތައް “އެޓެސްޓް” ކޮށް ކައުންސިލް މެދުވެރިވެގެން އެ އޮތޯރިޓީއަށް ހުށަހެޅޭ ގޮތަށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!