ސުޝާންތުގެ ޖަނާޒާއަށް ރިއާ ނުދިޔައީ މިހެންވެގެންނޯ!

ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ގުޅިގެން ލޯބިވެރިޔާއާ ރިއާ ޗަކްރަބަތީގެ ބޮލުގައި އެޅިފައިވާ ތުހުމަތުތަކާ ބެހޭގޮތުން ރިއާ ދާދިފަހުން ވާހަކަ ދައްކައިފިއެވެ.

އިންޑިއާގެ ނޫސް ޗެނަލަކަށް ދިން އިންޓަވިއުއެއްގައި 28 އަހަރުގެ އެކްޓްރެސް ކިޔައިދިން ވާހަކަތަކުގެ ތެރޭގައި އޭނާ ސުޝާންތުގެ ހަށިގަނޑު ބަލަން މޯޗަރީއަށް ދިޔަ ކަމާއި، ގޮސް “ސޮރީ ބާބޫ” އޭ ބުނި ސަބަބު ކިޔައިދީފައި ވެއެވެ. އެގޮތުން ރިއާ ސުވާލު ކުރިގޮތުގައި، އެކަހަލަ ވަގުތެއްގައި މީހަކު ބުނާނީ އެ ނޫން ވަކި ކޯއްޗެއްތޯއެވެ.

“އަހަރެން ސޮރީއޭ ބުނީ ސުޝާންތުގެ ދިރިއުޅުން ނިމުނީމަ އަދި އޭނަގެ މަރު ބޮޑު ޖޯކަކަށް އެއްބަޔަކު ހެދީމަ”، ރިއާ ކިޔައިދިނެވެ. “އަހަންނަށް ސުޝާންތުގެ ހަށިގަނޑު ފެނުނީ އެންމެ ތިން ހަތަރު ސިކުންތައް. އެއީ މޯޗަރީއިން ނެރެގެން ޖަނާޒާއަށް ގެންދަންވެގެން އެމްބިއުލެންސަށް އަރުވަނިކޮށް”.

މީގެ އިތުރުން ސުޝާންތުގެ ޖަނާޒާގައި ބައިވެރިވާން އުޅެފައި ފަހު ވަގުތު ނުދާން ނިންމި ސަބަބުވެސް ރިއާ ހާމަކުރިއެވެ. އެއީ އިންޑަސްޓްރީގެ ރައްޓެހިންގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށް ބުންޏެވެ. “އެމީހުން ބުނީ ސުޝާންތުގެ އާއިލާއިން ބޭނުމެއް ނުވާނޭ އަހަރެން އެތާ ހުންނާކަށް. އަހަރެން އެތަނަށް ދިޔަނަމަ އަހަންނާ ދިމާއަށް އެއްޗެހި ކިޔައި ފޮނުވާލާނީ ކަންނޭނގެ”.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!