އަހަރެންނަށް ކުރެވުނު ހަމައެކަނި ކުށަކީ ސުޝާންތު ދެކެ އިންތިހާއަށް ލޯބިވުން: ރިއާ

“އަހަރެންނަށް ކުރެވުނު ހަމައެކަނި ކުށަކީ ސުޝާންތު ދެކެ އިންތިހާއަށް ލޯބިވުން.” މިއީ މިއަދު ޓީވީއަށް ދިން އިންޓަވިއުއެއްގައި ރިއާ ބުނެފައިވާ ލަފްޒުތަކެކެވެ. އިތުރަށް ރިއާ ބުނެފައިވަނީ ސުޝާންތުވެސް ރިއާދެކެ ވަރަށް ލޯބިވާ ކަމަށާއި އެހެން ނޫންނަމަ ރިއާއަށް ނިސްބަތްވާ ގޮތަށް “ރިއާލިޓީ”ގެ ނަމުގައި ސުޝާންތު ކުންފުންޏަށް ނަން ނުކިޔާނެ ކަމަށެވެ. ލޯބިވީ ހަމަ އެކަނި ސުޝާންތު ދެކެ ކަމަށާއި އޭނާގެ ފައިސާއަށް އަތްބޭނުމަށް އެއްވެސް މަސައްކަތެއް ކޮއްފައި ނުވާނެކަމަށްވެސް އިންޓަވިއުގައި ރިއާ ބުނެފައިވެއެވެ.

މި އިންޓަވިއުއަށްފަހު ސުޝާންތު އާއިލާއިން ވަނީ އިންޓަވިއު ކޮއްފައިވާ ޓީވީ ޕުރެޒެންޓަރާއި ރިއާއަށްވެސް ފާޑުކިޔާފައެވެ. ސުޝާންތުގެ ދައްތަ ޝުވެތާ ބުނެފައިވަނީ ރިއާއާއި ފުރެންޑްލީ ވާހަކަދައްކާ ޓީވީއަށް އިންޓަވިއުދީ އެއްވެސް ކަމެއް ނުކުރާމީހެއްގެ ގޮތުގައި މައުސޫމުކަން ދެއްކުމުގެ ބޭނުމެއް މިހާރަކު ނެތްކަމަށެވެ.

އެތަށް ކުށަކަށް އަރައިގަންނަމުން އައިސްފައިވާކަން ހެއްކާއެކު ފެންމަތިވަމުން އަންނަ މިދަޑިވަޅުގައި ރިއާ އެ މަސައްކަތްކުރަނީ އޭނައަށް ފޭވާ ޓީވީ މެދުވެރިކޮށް ކަންކަމުން ބޯދަމައިގަނެ މީހުންގެ ލޮލުގައި އަދުން އަޅުވަން ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ސުޝާންތުގެ މައްސަލައާއި ގުޅިގެން ރިއާގެ އެތަށް ކަމެއް ފަޅާއަރަމުންދާއިރު ދާދި ފަހުންވަނީ ޑުރަގުގެ ވާހަކަދެކެވޭ ކޮންވަޒޭޝަން އެއްވެސް ތަހުޤީޤަށް ލިބިފައެވެ. ރިޕޯރޓްތަށް ބުނާގޮތުގައި އެ ކޮންވަޒޭޝަން އަކީ ރިއާ ދައްކާފައިވާ ވާހަކައެއްކަމަށް ރިއާވަނީ އެއްބަސްވެސްވެފައެވެ. މިފަދަ ވާހަކަތަށް ދައްކާފައިހުރި ގިނަ ޗެޓްލޮގްތަށް ރިއާ ޑިލީޓްކޮއްފައިވާއިރު މައްސަލަ ބަލަމުންދާ އީޑީ ވަނީ ޑިލީޑްކުރި ޑާޓާތަށް އަލުން ހޯދާ ތަހުޤީޤު ކުރަން ފަށާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!