ކޭޓީ ޕެރީ ވިހައިފި، އޭނާގެ އަލަތު ދަރިފުޅުގެ ނަން އެނގޭތަ؟

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ ވިހައިފިއެވެ.

ކޭޓީ، 35، ވިހެއިކަން އިއުލާނުކޮށްފައި ވަނީ ޔުނިސެފް ގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖުންނެވެ. ސަބަބަކީ ކޭޓީ އާއި އޭނާގެ ލޯބިވެރިޔާ އެކްޓަރު އޯލެންޑޯ ބްލޫމް އަކީ ޔުނިސެފްގެ ގުޑްވިލް އެމްބެސަޑަރުންނަށް ވާތީއެވެ. އަދި ޔުނިސެފަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ.

ޔުނިސެފުން ކޭޓީ ޕެރީއަށާއި އޯލެންޑޯ އަށް މަރުހަބާ ކިޔައި ހިއްސާކުރި ފޮޓޯއަކީ އެދެމީހުންގެ ދަރިފުޅުގެ އަތުގައި ހިފަހައްޓާލައިގެން ދެމީހުން ނަގާފައިވާ ކަޅާއި ހުދުގެ ފޮޓޯއެކެވެ. އެއާއެކު އެތައް ބަޔަކު އަންނަނީ ކޭޓީ އަށާއި އޯލެންޑޯއަށް މަރުހަބާ ކިޔަމުންނެވެ.

ކޭޓީއާއި އޯލެންޑޯ އެމީހުންގެ ދަރިފުޅަށް ދީފައިވާ ނަމަކީ ޑެއިޒީ ޑަވް ބްލޫމް އެވެ. އަދި ގިނަ ބަޔަކު ވަނީ އެ ނަމަކީ އަންހެން ކުއްޖަކަށް ކިޔަން ވަރަށް “ލޯބި” ނަމެއްކަން ފާހަގަކޮށް ތައުރީފުކޮށްފައެވެ.

ކޭޓީ ޕެރީ ބަލިވެ އިންކަން އެންމެ ފުރަތަމަ އިއުލާނުކޮށްފައި ވަނީ މި އަހަރުގެ މާޗު މަހުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!