ސުޝާންތު މަރުވިތާ އެއްދުވަސް ފަހުން އެއް ނަންބަރަކަށް އެތަށް ފަހަރަކު ރިއާ ގުޅިކަން ފާހަގަކުރެވިއްޖެ

ސުޝާންތުގެ މަރުގެ މައްސަލައާއި ގުޅިގެން ކުރަމުންދާ ތަހުޤީޤަށް ރިއާގެ ކޯލް ޑީޓެއިލްސް އިން ވަރަށް މުހިއްމުކަމެއް ފާހަގަ ކުރެވިއްޖެއެވެ. ސުޝާންތު މަރުވި ކަމަށްބެލެވޭ ޖޫން 14 އަދި ޖެހިގެންއައި ޖޫން 15 ގައި ރިއާއެއްވެސް މީހެއްގެ ކޯލަކަށް ޖަވާބުދީފައި ނުވި ނަމަވެސް އެއް ނަންބަރަކަށް އެތަށް ފަހަރަކު ގުޅާ އެތަށް ވަގުތެއްގައި ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވިއްޖެއެވެ.

ޖަޔާ ސަހާ ނަމަކަށްކިޔާ ޓެލެންޓު މެނޭޖަރަކާ ރިއާވަނީ ޖޫން 14 އަދި ފަނަރަވަނަ ދުވަހު އެތަށް ފަހަރަކު ގުޅައިގެން ވާހަކަ ދައްކާފައެވެ.14 ވަނަ ދުވަހު 2 ފަހަރަށް އެނަންބަރަށް ގުޅާފައިވާއިރު 15 ވަނަ ދުވަހު 5 ފަހަރަށް އެ ނަމްބަރަށް ގުޅާފައިވާކަން ކޯލް ޑީޓެއިލްސްއިން އެގެން އެބައޮތެވެ.

ރިއާއާއި ޖަޔާ ވަޓްސްއަޕް މެދުވެރިކޮށް ދައްކާފައިވާ ބައެއް ވާހަކަތަކުގެ ސަބަބުން ރިއާގެ މައްސަލަ ބަލަމުންދާ އޮފިސަރު އީޑީ ވަނީ  ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް މައްސަލައާއި ގުޅުމަށް އަންގާފައެވެ. ރިޕޯރޓުތަށް ބުނާގޮތުގައި ހާޑް ޑުރަގު އަދި އެމްޑީއެމްއޭ އާއި ބެހޭގޮތުން ޑިސްކަސްކޮށް ބޭނުން ކުރާނެގޮތާއި އަސަރުކުރާނެ ގޮތުގެ ވާހަކަތަށް މި ދެމީހުންގެ ކޮންވަޒޭޝަންގައި ހިއްސާކޮއްފައިވާކަމަށްވެއެވެ.

މިމައްސަލައާއި ގުޅުމަށް އެން ސީ ބީ އަށް ދައުވަތު ދިނުމާއި ގުޅިގެން ރިއާގެ ވަކީލުވަނީ އެފަދަ އެއްވެސް ޝައްކެއްވާނަމަ ހަދަންޖެހޭ ޓެސްޓުތަށް ހެދުމަށް ރިއާ ތައްޔާރުކަން ހާމަކޮއްފައެވެ. ޖަޔާ އާއި ރިޕޯރޓަރުން ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ. ފޯނުނެގުމަށްފަހުވެސް ސުޝާންތުގެ މައްސަލައާއި ގުޅިގެން ވާހަކަ ދެއްކުމަށް މަސައްކަތްކުރުމުންވަނީ ފޯނު ކަޑާލާފަކަމަށް ރިޕޯރޓުތަށް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!