ސުޝާންތުގެ މަރު: ހޮސްޕިޓަލުގެ މޯޗަރީގައި މަސައްކަތްކުރާ މީހަކު ބޮޑު ސިއްރެއް ހާމަކޮށްފި

ޖޫން 14 ވަނަ ދުވަހު އަމިއްލަ ގޭގައި ދަންޖެހިފައި ހުރި ޒުވާން އެކްޓަރު ސުޝާންތު ސިންގު ރާޖުޕުތުގެ ހަށިގަނޑުން ފެންނަންހުރި ނިޝާންތަކަށްބަލާއިރު އެއީ އަމިއްލައަށް ދަންޖެހިގެން މަރުވި މަރުވުމެއް ކަމަށް ނުބެލެވެކަމަށް  ކޫޕަރު ހޮސްޕިޓަލުގެ މޯޗަރީގައި މަސައްކަތްކުރާ ސުރުޖީތު ސިންގު ރާތޯރު ބުނެފިއެވެ.

އަތާއި ފައިގާ އަނިޔާގެ ނިޝާންތަށް ހުރި ކަމަށް ރިޕޯރތަށް ބުނާ ބުނުން ސުރުޖީތު ދޮގު ކުރިނަމަވެސް އޭނާ ބުނެފައިވަނީ ކަރުގައި ހުރި ނިޝާނާއި އަނގައާއި ލޯ ހުޅުވިފަ ހުރި މިންވަރަށް ބަލާއިރު އެއީ އަމިއްލައަށް ދަންޖެހިގެން މަރުވި މަރުވުމެއް ނޫންކަން ޔަޤީންކުރެވޭ ކަމަށެވެ. ދަންޖެހިގެން މަރުވާ މީހުންގެ އެތަށް ހަށިގަނޑެއްވެސް ފެނިފައިވާކަމަށާއި ސުޝާންތު ހަށިގަނޑުން އެފަދަ ނިޝާނެއް ފެންނަށް ނެތްކަމަށް ސުރުޖީތުވަނީ ބުނެފައެވެ.

ސުރުޖީތު ވަނީ މީގެ ކުރިން ސުޝާންތު ޕޯސްޓު މޯޓަމް ހެދުމަށް ތައްޔާރުވަމުން ދިޔަ ވަގުތު ރިއާ މޯޗަރީއަށް އައިސް ކަންކޮއްފައިވާގޮތްވެސް ސާފުކޮއްދީފައެވެ. އެދުވަހު މޯޗަރީއަށް ވަނުމަށް ރިއާއަށް ހުއްދަ ދެވުނު ސަބަބާމެދު ސުވާލުކުރުމުން ސުރުޖީތު ބުނެފައިވަނި އެމް އެސް ދޯނީގެ ޕޮރޮޑިއުސަރު ސޫރަޖު ސިންގުގެ ފަރާތުން ރިއާއަކީ ސުޝާންތު ލޯބިވެރިޔާކަން އެގުމުން ވަނުމަށް ހުއްދަދިނީކަމަށެވެ. އާއިލާ މީހުނާއި ގާތް މީހުނަށް ހަށިގަނޑު ދެކެލުމަށް މޯޗަރީއަށް ނުވަދެވޭނެ އެއްވެސް ޤަވައިދެއް އެތަނުގައި ނޯންނަކަމަށް ސުރުޖީތު ބުނެފައިވެއެވެ.

ސުރުޖީތު މިހެން ބުނެފައިވާއިރު މީގެކުރިން އެ ހޮސްޕިޓަލުން ބުނެފައިވަނީ އެއްވެސް މީހަކަށް އެފަދަ ތަހުޤިގެއް ކުރިއަށްދާފަދަ މައްސަލައެއްގައި ހަށިގަނޑު ދެއްކުމަކީ ހޮސްޕިޓަލްގެ ޤަވައިދާ ހިލާފަކަމެއްކަމަށެވެ.