މި ފަހުން އަމިއްލަ ގޭގައި ދަންޖެހިފައި ހުރިކަމަށްބުނާ އެކްޓަރު ސުޝާންތު ސިންގު ރާޖުޕުތުގެ ކޭސް ސީބީއައި އާ ހަވާލުކުރިފަހުން ހަފުތާއެއް ވެފައިވާއިރު މިވަނި އެތަށް ބަޔަކާ ސުވާލުކޮށް އެތަށް ހޯދުންތަކެއް ހޯދާފައެވެ.
ފާއިތުވި ތާގައި މުމްބައި ޕޮލިސް ބަލަމުންއައި މި މައްސަލަ ގާތްގަނޑަކަށް އަމިއްލައަށް މަރުވި މަރުވުމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީކޮށް ސުޝާންތުއަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި އޭނާގެ ފޭނުންނާއި ހެޔޮއެދޭ މީހުންގެ އިތުރުން އާއިލާއިން ކުރި މަސައްކަތުން މި މައްސަލަ ވަނީ މުމްބައި ޕޮލިސްގެ އަތުންނަގާ ސީބީއައި އާއި ކޯޓުމެދުވެރިކޮށް ހަވާލުކޮއްފައެވެ.
ފުރަތަމަ ދުވަހުން ފެށިގެން ސީބީއައިގެ މަސައްކަތުން މި މައްސަލައިގައި ހޯދާފައިވާ ބައެއް ހޯދުންތަށް މިވަނީ ހިއްސާކޮއްފައެވެ.
ސުޝާންތުގެ މައްސަލަ ބެލުމުގައި މޫމްބާއީ ޕޮލިސްގެ ފަރާތުން އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތްކޮއްފައި ނުވާކަން ސީބީއައި އަށް ފާހަގަވެ އެކަން ބަލާ އެމައްސަލަ ބެލި އޮފިސަރުންނާ އަންނަނީ ސުވާލުކުރެވެމުންނެވެ.
ރިއާ އޭނާގެ ޑިޖިޓަލް ޑިވައިސްތަކުން ބައެއް ކޮންވަޒޭޝަންތަކާއި ކޯލް ޑީޓެއިލްސް ޑިލީޓް ކޮއްފައިވާކަންވަނީ އެގިފައެވެ. ހާއްސަކޮށް ޑުރަގާއި ބައެއް އެކަމާ ގުޅުންހުރި އެއްޗެހީގެ އިތުރުން ސުޝާންތުގެ ބޭންކު ނޫނީ ފައިނާންސް ޑީޓެއިލްގެ ވާހަކަ ދެކެވިފައިވާ ކޮންވަޒޭޝަންސް ވަނީ ޑިލީޓް ކުރެވިފައެވެ. އެހެން ނަމަވެސް މިހާރު އެ ޑާޓާތަށް ރިޓުރައިވް ކޮށް ތަހުޤީޤުކުރަމުން އަންނަކަމަށްބުނެއެވެ.
ޕޯސްޓު މޯޓަމް ރިޕޯރޓު ހެދުމުގައި މާބޮޑަށް ލަސްކޮއްފައިވާތީ އެކަމުގެ ސަބަބުވެސް އަންނަނީ ހޯދަމުންނެވެ. 6 ގަނޑިއިރު ތެރޭގައި ހެދުމުންނޫނީ ރަނގަޅު ނަތީޖާއެއް ނާންނާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާއިރު ސުޝާންތުގެ ޕޯސްޓް މޯޓަމް ހަދާފައިވަނީ 10 ގަނޑިއިރު ފަހުން ކަން ތަހުޤީޤަށް ވަނީ އެގިފައެވެ. އަދި އާއްމުކޮށްފައިވާ އެ ރިޕޯރޓުގައި ޤަބޫލުނުކުރެވޭ އެތަށްކަމެއް ހުރިކަންވެސް ވަނީ ފާހަގަވެފައެވެ.
ތަހުޤީޤުކުރަމުންދާ މައްސަލައަކަށްވާތީ ބައެއްކަންތަށްތަށް އަދިވެސް ހިއްސާކޮއްފައިނުވާއިރު ފެންމަތިވަމުންއަންނަ ހުރިހާ މައްސަލައެއްވެސް އޭގެ އެންމެ ފުންމިނަށްގޮސްގެން ބަލަމުން އަންނަ ކަމަށް ސީބީއައި ޓީމުން ބުނެއެވެ.