މިއަދުގެ ކޮވިޑް ނަންބަރުތަކަށް ބަލާލާއިރު، އިތުރު 130 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 4691 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2610 މީހުންނެވެ. ކޮވިޑްގައި 28 މީހަކު ވަނީ މަރުވެފައެވެ.
މިވަގުތުވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 180 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.