ނެޝަނަލް އެމްބިއުލާންސް ސަރވިސްގެ ޚިދުމަތް ފަށައިފި

މިނިސްޓްރީ އޮފް ހެލްތުން ނެޝަނަލް އެމްބިއުލާންސް ސަރވިސް ފަށައި، ޑްރިލް ދައްކާލައިފިއެވެ.

ހެލްތު މިނިސްޓްރީއިން ހުޅުމާލޭގައި ބޭއްވި ޑްރިލްއަށް ފަހު ވާހަކަ ދައްކަމުން ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ އަހުމަދު ނާސިރު ވިދާޅުވީ މި ހިދުމަތަކީ އެމަޖެންސީ ދަނޑިވަޅުގައި ބަލި މީހުން ހޮސްޕިޓަލާއި ހިސާބަށް ފަސޭހަކަމާއި، އަވަހަށް ގެންދިޔުމަށް ދޭ ހިދުމަތެއް ކަމަށެވެ. އަދި މި ހިދުމަތް ފަށާއިރު ފުރަތަމަ ފަށާނީ ކޮވިޑް-19 އާއި ގުޅުން ހުރި ފަރާތްތަކަށް ކަމަށާއި، އެގޮތުން ޕޮޒިޓިވްވާ ފަރާތްތަކުން ހޮސްޕިޓަލަށް ގެންދެވޭނެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

ހުޅުމާލޭގައި ބޭއްވި ޑްރިލްގެ ސަބަބުން ބަލިމީހާ ހޮސްޕިޓަލާއި ހިސާބަށް ގެންދިޔުމުގައި ތައްޔާރީތައް ވާންޖެހޭ ގޮތާއި އަމަލު ކުރަންޖެހޭ ގޮތުގެ ކަންކަން އިނގިގެންދިޔަ ކަމަށެވެ.

ނަސީރު އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި މި ހިދުމަތަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދާނެ ހިދުމަތެއް ކަމަށާއި، އެގޮތުން އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން އޭޑީކޭ އަދި ޓްރީޓޮޕްއިން ހިދުމަތް ފޯރުކޮށްދޭނެ ކަމަށާއި، މި ހިދުމަތް ފޯރުކޮށްދިނުމުގައި ޕޮލިސް އަދި ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ނަސީރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!