ވިކްޓޯރިއާޒް ސީކްރެޓް ކުރީގެ މޮޑަލް، އެލެސެންޑްރާ އަމްބްރޯޒިއޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އެލެސެންޑްރާ އާއި އޭނާ އެޑޮޕްޓުކޮށްފައިވާ ދެ ކުދިން ޗުއްޓީ ހޭދަކުރަމުން ދަނީ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގައި ކަމަށް މެއިލް އޮންލައިން އިން ވަނީ ރިޕޯޓުކޮށްފަ އެވެ.
މި ޗުއްޓީ ދަތުރުގައި އެލެސެންޑްރާގެ 12 އަހަރުގެ އަންހެން ދަރިފުޅުގެ އުފަންދުވަސް ވަނީ ރިސޯޓުގައި ފާހަގަކޮށްފަ އެވެ. ޗުއްޓީގެ ފޮޓޯ އާއި ވީޑިއޯތައް އޭނާ ދަނީ އިންސްޓަގްރާމުގައި ހިއްސާ ކުރަމުންނެވެ.
އެލެސެންޑްރާ ވަނީ ކުރިން ވެސް ރާއްޖެ އައިސްފަ އެވެ.