ކުޑަކުދިން ބައިވެރިކޮށް ނުރައްކާތެރި ކުށްތައް ކުރުން އިތުރުވެއްޖެ

ކުށްތަކަށް އަރައިގަންނަ ކުޑަކުދިންގެ މައްސަލަތައް 2018 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު މަދުވި ނަމަވެސް، ކުޑަކުދިން ނުރައްކާތެރި ކުށްތައް ކުރުން އިތުރު ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ރިޕޯޓަކުން ދައްކައިފި އެވެ.

ގާނޫނާ ހިލާފުވާ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 2019 ވަނަ އަހަރު ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އަށް ހުށަހެޅުނު މައްސަލަތަކަށް ބަލައި ރިޕޯޓެއް ވަނީ ނެރިފައެވެ.މި ރިޕޯޓަށް ބަލާއިރު ކުޑަކުދިން ގާނޫނާ ހިލާފުވެގެން މިދިޔަ އަހަރު ހުށަހެޅި މައްސަލަތައް 2018 ވަނަ އަހަރާ އަޅާ ބަލާއިރު، 11.9 ޕަސެންޓު ވަނީ ދަށް ވެފަ އެވެ. އެހެންނަމަވެސް، ވޭތުވެ ދިޔަ 8 އަހަރު ތެރޭގައި ކުޑަކުދިންގެ ބައިވެރިވުން އޮންނަ މާރާމާރީގެ މައްސަލަތައް ވަނީ ގިނަވެފަ އެވެ. މީގެ ތެރޭގައި ނުރައްކާތެރި އަމަލުތައް ހިންގުން އިތުރުވެފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.

“މީހުންގެ ފުރާނައަށް ގެއްލުންވާ ބާވަތުގެ ނުރައްކާތެރި އަމަލުތައް ހިންގުމުގެ ސަގާފަތެއް އުފެދެމުން ދާކަން ފާހަގަކުރެވޭ. މިފަދަ ނުރައްކާތެރި އަމަލުތަކުގައި ކުޑަކުދިން ބައިވެރި ކުރުވާކަން ނުވަތަ އެކުދިންނަށް އިސް ދައުރެއް އަދާކުރުމަށް ޝާމިލުކުރުވަމުން ދާކަންވެސް ފާހަގަކުރެވޭ،” ރިޕޯޓުގައި ވެއެވެ. 

މި ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ގާނޫނާ ހިލާފުވެގެން 312 މައްސަލަ ހުށަހެޅި އިރު އެއީ، ކުށް ތަކުރާރު ކޮށްގެން 147 މައްސަލަ އާއި ކުށުގެ ތުހުމަތުގައި އަލަށް ހުށަހެޅި 165 މައްސަލަ އެކެވެ. މިއީ 2019 ވަނަ އަހަރު ހުށަހެޅި މައްސަލަތަކާ ބަލާއިރު 11.9 ޕަސެންޓުގެ ދަށް އަދަދަކަށް ވިޔަސް، އެ މައްސަލަތަކުގައި ކުދިންނާއި އާއިލާތަކަށް ދިމާވާ އިޖުތިމާއީ އިގުތިސާދީ، ނަފްސާނީ އަދި ރައްކާތެރިކަމާ ގުޅޭ މައްސަލަތައް ގިނަކަން ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ 93 އިންސައްތައަކީ ފިރިހެން ކުދިން ކަމަށާއި، ކުށުގެ ވެށީގައި އުޅޭ ކުދިންގެ ތެރޭގައި ސްކޫލަށް ދިޔުން ހުއްޓާލާފައިވާ ކުދިންނާއި، އާއިލާ ރޫޅިފައިވާ ނުވަތަ މައިންބަފައިން މަރުވެފައިވާ ކުދިން ގިނަ ކަމަށް ރިޕޯޓުގައި ވެއެވެ. 

  1. ޝަންހާަ އަހްމަދު ގެމައްސަލަ މިމަައްސަލަވެސްނުބެލެވޭއަދި މީ/2017/6/29/ގައި ކުޑަކުުއްޖަކަޖިންސީގޯނާކުރިމައްސަލަައެ އަދިއެވެސް ތަހުގީގެއްވެސްއަދިކުރެވިފައެއްނެ ޖެންޑާމިނީސްޓިރީ ކޭސްނަމްބަރ.

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!