ވަކީލަކު ހަމަޖައްސަން އަދީބަށް 10 ދުވަހުގެ މުއްދަތެއް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާއެއް ބާތިލް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް އަދީބަށް ދީފި އެވެ.

މިއަދު 1:30 ގައި ހައިކޯޓުގައި އޮތް އިސްތިއުނާފު މައްސަލައިގެ އަޑު އެހުމުގައި، މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ މި މައްސަލަ ކުރިއަށް ގެންދިޔުމަށް އަދީބަށް ވަކީލަކު ހަމަޖައްސަން އެންމެ ގިނަވެގެން ވެސް ދެވޭނީ 10 ދުވަސް ކަމަށް ވިދާޅުވެފައެވެ. އެ ފުރުސަތު އަދީބަށް ދިނުމަށްފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފައެވެ.

އިސްތިއުނާފް ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ވަނީ އަމުރުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!