ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ދެކުނަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ވިދާޅުވެފައި ވަނީ މިއަދު މެންދުރުފަހު 14:45 އިން ފެށިންގެ މިރޭ 20:45 އާއި ހަމައަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައި ވަނީ ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި އެހެން ހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރައްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމުގައި ވިދާޅުވެ މެޓް އޮފީހުން ވިދާޅުވެފައި ވަނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އެގޮތުން ރާޅުގެ އުސްމިން 2 ފޫޓާއި 4 ފޫޓާ ދެމެދު ހުންނާނެ ކަމުގައި މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!