އެސްޓީއޯ އިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންކުރާ ޕީސީއާރް މެޝިނެއް ޕޮލިސް ލެބަށް މިއަދު ހަދިޔާކޮށްފިއެވެ.
މި މެޝިން ހަދިޔާ ކުރުމަށް މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މި މެޝިން ހަދިޔާކޮށްފައި ވަނީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. މި މެޝިނާއި ހަވާލުވީ ފޮރިންސިކް ސާވިސްގެ ޑައިރެކްޓޮރޭޓް އަބްދުﷲ އަހުމަދެވެ.
އެސްޓީއޯ އިން ބުނީ، މި މެޝިނާއެކު އެ ލެބުގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ނިސްބަތް ބޮޑުތަނުން އިތުރުކުރެވޭނެ ކަމަށެވެ.
އެސްޓީއޯ އިން ދާދިފަހުން ވަނީ އައިޖީއެމްއެޗަށް ވެސް ޕީސީއާރް ދެ މެޝިން ހަދިޔާކޮށްފައެވެ.