އޮންލައިން ޕޯޓަލް މެދުވެރިކޮށް ހިޔާ މަޝްރޫއުގެ ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕްލޭނިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ހިޔާ މްޝްރޫގެ ފްލެޓުތައް ދިނުމަށް ހަމަޖެހިފައިވާ މީހުންގެ ލިސްޓާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތް ކަމުގައިވާ ނަމަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށާއި، ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
https://hcp.presidency.gov.mv/
ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީގެ ފްލެޓްތަކާއި، ޓީޗަރުންނަށް ހާއްސަ ފްލެޓްތަކާއި، މާލޭ ރަށްވެހިންނަށް ހާއްސަ ފްލެޓްތައް ލިބޭ މީހުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާއިލާއަށް ދޭ ފްލެޓްތަކުގެ ލިސްޓު އާންމުކޮށްފައެވެ. އަދި އާންމުކޮށްފައި ވަނީ ވަގުތީ ލިސްޓެކެވެ.