ގެސްޓްހައުސްތައް ހުޅުވުމަށް ދަނީ މަޝްވަރާކުރަމުން: ޓުއަރިޒމް މިނިސްޓަރ

ގެސްޓްހައުސްތައް ވީ އެންމެ އަވަހަކަށް ހުޅުވުމަށްޓަކައި އެޗްޕީއޭއާއެކު މަޝްވަރާކުރަމުންދާކަމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ގެސްޓްހައުސް ވިޔަފާރިތައް އަލުން ހުޅުވާލުމުގެ ހުއްދަ ދޭންޖެހޭކަމަށެވެ. އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ވިސްނުންފުޅުވެސް ހުންނެވީ ވީ އެންމެ އަވަހަކަށް ގެސްޓްހައުސްތަކުގެ ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް ހުއްދި ދިނުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުން ގެސްޓްހައުސްތަކުގެ ވިޔަފާރިތައް ހުޅުވުގެ ހުއްދަދިނުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތްތައް ކުރަމުން އަންނަކަމަށާއި އަދި މަޝްވަރާތައް ވަރަށް ކާމިޔާބުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިންގެ ޕީސީއާރް ޓެސްޓް ހެދުމުގައިވެސް ކުރިން ދަތިތަކެއް ހުރި ނަމަވެސް މިހާރު އެކަމަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްތައް ކުރަމުންދާކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރަށްރަށުން ސާމްޕަލް ގެނައުމާއި ޓެސްޓު ހެދޭނެ އިންތިޒާމުތައްވެސް މިހާރު ހަމަޖެހިފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!