ޣައްސާން ކޮވިޑަށް ނެގެޓިވް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕޮޒިޓިވްވުމުން ކޮވިޑް-19 އަށް އެމަނިކުފާނުގެ ދަރިކަލުން އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ހެދި ޓެސްޓު ނެގެޓިވް ވެއްޖެއެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕައަށާއި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އެންމެނަށް އަވަސް ޝިފާއެއް ލިބުން އެދި ދުޢާ ކުރައްވާ ކަމަށެވެ. “ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ އިހްލާސްތެރި ޚިދުމަތް ގާތުން ދެކެމުން ހިފެހެއްޓުމެއްނެތި ހިތުގެ ލޯތްބާއި ޝުކުރު ދަންނަވަން.” ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ކޮވިޑް-19 އަށް ނެގެޓިވްވި ނަމަވެސް 14 ދުވަސް ވަންދެން ކަރަންޓީންގައި ހުންނަން ޖެހިވަޑައިގަންނަވާނެއެވެ.

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މައުމޫން އަށް މިހާރު އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!