ކްރިކެޓް ތަރި ވިރާޓް ކޯލީ އާއި މަޝްހޫރު ބޮލީވުޑް ތަރި އަނުޝްކާ ޝަރުމާ އެދެމީހުންގެ ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުކަން ހާމަކޮށްފިއެވެ.
އަނުޝްކާ މިއަދު ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ވަނީ އޭނާ އާއި ވިރާޓްގެ ފޮޓޯއެއް އާންމުކޮށް ތިން މީހުންގެ އާއިލާއަކަށް ބަދަލުވާން އުޅޭކަމަށް ބުނެފައެވެ. އަނުޝްކާ ބުނި ގޮތުގައި އޭނާ ވިހާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
އަނުޝްކާގެ މި ހަބަރު އާންމު ކުރުމާއެކު އޭނާގެ ޕޯސްޓަށް ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ.
އަނުޝްކާ ޝަރްމާ ބޮލީވުޑަށް ތައާރަފްވީ 2008ވަނަ އަހަރު ‘ރަބް ނޭ ބަނާ ދީ ޖޯޅީ’ އިންނެވެ. އެއިރުން ފެށިގެން އޭނާ ވަނީ ވަރުގަދަ ޕާފޯމަންސްތަކެއް ބެލުންތެރީންނާ ހަމައަށް ގެނެސްދީފައެވެ.