އެސްޑީއެފްސީން ލޯނުތައް ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނު ދޫކޮށްފައިވާ ފަރާތްތަކުން ލޯނު އަނބުރާ ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓަރު އިސްމާއިލް ފައްޔާޒް ވިދާޅުވީ، ކޮވިޑްއާ ގުޅިގެން އެސްޑީއެފްސީން ދޫކޮށްފައިވާ ލޯންތަކަށް ދީފައިވާ ލުއި މި އަހަރު ނިމެންދެން އެ މުއްދަތު އިތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ލުއިދޭން ނިންމާފައިވާތީ އެކަމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ބޮޑެތި ބޭންކުންތަކުން ވެސް މިފަދަ ނިންމުންތަކެއް ނިންމަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އެސްޑީއެފްސީއަކީ ދައުލަތުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް ކަމަށްވާއިރު، މިއީ މިފަދަ ނިންމުމެއް ނިންމި ރާއްޖޭގެ ފުރަތަމަ މާލީ ކުންފުންޏެވެ.

ލޯނުތައް ދެއްކުން ބީއެމްއެލް އާއި އިސްލާމިކް ބޭންކުން ވެސް ހަ މަހަށް ފަސްކޮށްދީފައިވާއިރު، ކޮވިޑްގެ ނޭދެވޭ އަސަރުތަކުން އަދިވެސް އަރައިގަނެވިފައި ނުވާތީ ބައެއް ފަރާތްތަކުން އަންނަނީ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރުކޮށްދޭން ގޮވާލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!