ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނި ފަސްކޮށްފި

ބޮލީވުޑް އެކްޓަރުން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނި އަންނަ އަހަރަށް ފަސްކޮށްފި ކަމަށް އިންޑިއާގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.

ކުރިން މި އަހަރު ޑިސެމްބަރުގައި ކުރަން ހަމަޖެހިފައި އޮތް ކައިވެނި ލަސްކޮށްލަން ނިންމީ މިހާރު އޮތް ކޮވިޑް-19 ގެ ހާލަތަށް ބަލާފައި ކަމަށް ‘ޓައިމްސް އޮފް އިންޑިއާ’ އިން ބުނެއެވެ. މީގެ އިތުރުން ރަންބީރާއި އާލިއާގެ ކުރިއަށްހުރި ފިލްމީ މަސައްކަތްތަކަށް ވަގުތު ދިނުމުގެ ގޮތުންނާ އެކު ކަމަށް ވެސް ބުނެއެވެ.

މީގެކުރިން ރިޕޯޓު ކުރެވުނު ގޮތުގައި މި އަހަރު ކައިވެނި ރާވާފައި އޮތުމުން އާލިއާ ވަނީ އޭނާގެ ކައިވެނީގެ ހެދުން ފެހުމަށް މަޝްހޫރު ޑިޒައިނަރު ސަބްޔަސާޗީ އާ ހަވާލުކޮށްފައެވެ. ނަމަވެސް ކައިވެނި ފަސްކުރަން ޖެހުމުން އެ އޯޑަރު ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ.

ރަންބީރާއި އާލިއާ ފުރަތަމަ ފަހަރަށް އެކުގައި ފެންނަ ފިލްމު “ބްރައްމަސްތުރާ” މި އަހަރު ރިލީޒު ކުރާނެއެވެ. ކުރިން ނިންމާފައި އޮތީ އެ ފިލްމު ރިލީޒް ކުރާތާ ދުވަސްތަކެއް ނުވެ ކައިވެނި ކުރުމަށެވެ. ނަމަވެސް މިހާރު ކައިވެނި 2021 ލަސްކޮށްލާފައި ވާއިރު، ވަކި ތާރީޙެއް އަދި ހާމައެއް ނުކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!