އޯޓިޒަމް އަކީ ނަފްސާނި ނޫނީ ވިސްނުމާއި ގުލިފައިވާ ބައްޔަކަށް ވާތީ ކުއްޖާއަކީ އޯޓިޒަމްގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްކަން ދެނެގަންނަށް ވަރަށް އުދަގޫވެއެވެ. އާއްމުކޮށް ކުދިންގެ ފަރާތުން ފެންނަ ބައެއް ކަންކަމުން ދެނެގަންނަށްޖެހޭ މިބަލި އެންމެ ކުޑައިރު ދެނެގަންނަށް ވަރަށް އުދަނގުލެވެ.
އެހެން ނަމަވެސް އުމުރާ އެއްވަރަށް ދަރިފުޅު ބޮޑުވަމުން ނާންނަނަމަ ނޫނީ ހަރަކާތަކާ ބަލައި މިކަން ކުއްޖާގެ ޅައުމުރުގައި ދެނެގަތުމަތީ ވަރަށް މުހިއްމު ކަމެކެވެ. އެންމެ އެކަށީގެންވާ ފަރުޥާ ދަރިފުޅަށް ދިނުމަށްޓަކައިއި މިކަން ދެގަންނަން ޖެހެއެވެ.
އޯޓިޒަމް ހުންނަ ތުއްތު ކުއްޖެއްގެ ކިބައިން ފެންނާނެ ބައެއް އަލާމާތްތަށް:
ހަތަރު ކަޅި ހަމަކޮށް ނުބަލާނެއެވެ. ކުއްޖާއާއި މައްލަވަކޮށް ސަމާސާ ކުރާ ގަނޑީގައި ނޫނީ ގާތުން ދޭގަނޑީގައި ތިމާގެ ލޮލަށް ބަލާ ނުހަދާނަމަ ސަމާލުވާންޖެހެއެވެ.
އާއްމުކޮށް އިވޭ އަޑުތަކަށް ނޫނީ ދަރިފުޅަށް މުހާތަބުކޮށް ގޮވޭ ނަމަށް ސަމާލުކަން ނުދިނުން ނޫނީ އެފަދަ އަޑުތަށް އިވުމުން އެދިމާއެއް ބެލުމަށް މަސައްކަތްނުކުރުމަކީވެސް އޯޓިޒަމްގެ އަލާމާތަކަށް ވެދާނެއެވެ.
އެއްޗެހި ދައްކާ ހަރަކާތްކުރުމުން އެއެއްޗަކަށް ސަމާލުކަން ނުދިނުން ނޫނީ ނުބެލުމަކީ ކުޑަ ކުއްޖެއްގެ ފަރާތުން މިބަލީގައި ފެނިދާނެ އަލާމާތެކެވެ.
މަޑުމައިތިރި ވެފައި ކުޅިވަރަށް ސަމާލުކަން ނުދިނުން އަދި އެހެން މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި އަޑު އަޑުލެއްވުންކަލަ ހަރަކާތްތަށް މަދުވަނީނަމަ އެއީ އޯޓިޒަމްކަމުގައި ވުން އެކަށީގެން ވެއެވެ.
ކުޑަކުދިންގެ އިހުސާސްތަކަކީ ދެނެގަންނަށް އުދަނގޫ ކަމެއްނަމަވެސް މިފަދަ އާދަޔާ ހިލާފަ ކަމެއް ފެންނަނަމަ ނޫނީ އުމުރާ އެއްވަރަށް ހަރަކާތް ނުކުރާނަމަ ޑޮކްޓަރަށް ދައްކާ އެއްވެސް މައްސަލައެއް ހުރިތޯ ބެލުން ވަރަށް މުހިއްމެވެ.