މަޝްހޫރު ފިލްމީތަރި ތަމަންނާ ބާޓީއާގެ މައިން ބަފައިން ކޮވިޑް- 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިކަން ހާމަކޮށް ތަމަންނާ ކޮށްފައިވާ ޕޯސްޓްއެއްގައި ބުނެފައި ވަނީ އޭނާ އާއި އާއިލާތެ އިތުރު މެނަބަރުންގެ އިތުރުން، އޭނާގެ ޓީމުން ވެސް ޓެސްޓް ކޮށްފައިވާކަމަށާއި ނަމަވެސް ނަތީޖާ ނެގެޓިވް ކަމަށެވެ.
އަދި މައިންބަފައިންގެ ފަރާތުން ކޮވިޑް ގެ އަލާމާތްތަށް ފެންނާނީ ކުޑަކޮންކަމަށާއި އެމީހުންގެ ހާލު ތަނގަޅު ކަމަށް ވެސް އޭނާގެ ޕޯސްޓްގައި ބުނެފައި ވެއެވެ. އަދި ރައްކާތެރި ފިޔަވަޅުތަކާ އެކު އުޅެމުންދާކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
ބޮލީވުޑްގެ ފިލްމް ތަކުގެ އިތުރުން ސައުތު އިންޓަސްޓްރީގައި އެންމެ އަލިގަދަ އެއް ތަރި ކަމުގައިވާ ތަމަންނާގެ ކުރިއަށް އޮތް ފިލްމަކީ ލަވް މޮކްޓެއިލް އެވެ.