8 ޖޫންގައި ސުޝާންތު ދިރިއުޅުމުގައި ބޮޑެތި އެތަށް ކަމެއްހިގާފައިވޭ، މެނޭޖަރު ވެސް އަމިއްލަ އަށް މަރުވީ އެދުވަހު

ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ މައްސަލައަށް އަނެއްކާވެސް މިވަނީ އިތުރު ކުރިއެރުމެއް އައިސްފައެވެ. ފެށުނީންސުރެވެސް ސުޝާންތުގެ ފޭނުން ދައްކަމުންއައި ވާހަކަތަކާއި ފެންނަންހުރި މަންޒަރުތަކަށް ބިނާކޮށް އުފައްދަމުންއައި ޝައްކުތަށް އެއް ދުވަހުން އަނެއްދުވަހަށް މި އަންނަނީ ތެދުކަން ހާމަވެ ސާބިތުވަމުންނެވެ.

ސުޝާންތުގެ މަރާއި 8 ޖޫންގައި އަމިއްލައަށް މަރުވިކަމަށްބުނާ ސުޝާންތުގެ މެނޭޖަރު ދިޝާގެ މަރާ ގުޅުމެއް ވާކަމަށް ކުރިންވެސް ބުނަމުން އައި ބުނުމަށް ބާރު ލިބޭފަދަ ކަންތަށްތަކެއް މިއަދު މިވަނީ ހާމަވެފައެވެ. 8 ޖޫންގައި ސުޝާންތު ދިރިއުޅުމުގައި ބޮޑެތި އެތަށް ކަމެއްހިގާފައިވާކަން ސުޝާންތު އެންމެ ގާތް ކަމަށްބުނާ ސިދުހާދު ޕިޓާނީ، ސެމިއުލް މިރެންޑާ އަދި ދިޕޭޝް ހާމަކޮއްފައިވާކަމަށް އިންޑިއާގެ ރިޕަބްލިކް ޓީވީއިން ބުނެފިއެވެ.

ތިން މީހުންވެސް އެއްބަސްވެފައިވާ ގޮތުގައި 8 ޖޫންގައި ދިޝާގެ މަރާއެކު ރިއާވަނި ސުޝާންތުގެ ގެއިން ނިކުމެގެން ގޮސްފައެވެ. އަދި ރިއާ އެގެއިން ދިއުމަށްފަހު ގޮތް ނޭނގޭ ބަޔަކު ގެއަށްއައިސް ސުޝާންތު ޑިޖިޓަލް ހުރިހާ ޑިވައިސް އަކުން ޑާޓާ ޑިލީޓު ކޮއްފައިވާކަމަށް ވެއެވެ. އަދި  މިކަން ކޮއްފައިވަނީ ސުޝާންތަށް ބިރުދައްކާ ގަދަކަމުންކަމަށްވެސް އެއްބަސްވެފައިވާކަމަށް ރިޕަބްލިކް ޓީވީއިން ހާމަކުރެއެވެ. އެހިސާބުން ބަޔަކު އޭނާ މަރާލަށް ނޫނީ އަނިޔާކުރަން އުޅޭ ކަމުގެ ބިރު ސުޝާންތުއަށް އިހުސާސްކުރެވި މުޅި މީހާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް ގެނުވިކަމަށް ވެއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި ދިޝާ އަދި ސުޝާންތު މަރާލި ސަބަބެއް ކަމަށް ބެލެވެނީ ބައެއްގެ ބޮޑެތި ސިއްރުތަކެއް އެގި އެކަން ހާމަކޮއްފާނެ ކަމުގެ ބިރަށެވެ. ދިޝާ މަރާލުމުގެ ކުރިން ސުޝާންތުއަށް ގުޅައި ވަރަށް ގިނަ ވާހަކަތަށް ދައްކާފައިވާ ކަމަށާއި އަދި އެކަންކަން ހާމަކުރުމަށް ސުޝާންތު ޕުރެސް ކޮންފަރެންސްއެއް ބޭއްވުމަށްވެސް ނިންމިކަމަށް ސުޝާންތުގެ ރަހުމަތްތެރިއަކު ވަނީ މީގެކުރިން ބުނެފައެވެ.

އެހެން ނަމަވެސް ދިޝާއާއި ސުޝާންތުގެ ދެމެދުގައި ދެކެވުނު ވާހަކައެއް އެ ރަޙުމަތްތެރިޔާއާއިވެސް ސުޝާންތު ހިއްސާކޮއްފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!