ކޮވިޑް-19 ގެ ބަލި މީހުން 33 ރަށެއްގައި އަދި 15 ރިސޯޓެއްގައި މި ވަގުތު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިހާރު 15 ރިސޯޓެއްގައި 26 އެކްޓިވް ކޭސްއެއް އެބަ އުޅެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ފަތުރުވެރިންނާއި 15 މުވައްޒަފެކެވެ.
އޭގެ އިތުރުން ހޯމް ކަރަންޓީނަށް ރަށްރަށަށް ފޮނުވަން ފެށިފަހުން ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެޗްޕީއޭ އިން ބުނާ ގޮތުގައި މިހާރު ރާއްޖޭގެ 33 ރަށެއްގައި 58 ކޮވިޑްގެ އެކްޓިވް ކޭސްތައް އެބަ އުޅެ އެވެ. އެޗްޕީއޭއިން މިރޭ ވަނީ ކޮވިޑްގެ ބަލި މީހުން މި ވަގުތު ތިބި ރަށްރަށުގެ ނަންތައް ހާމަކޮށްފައެވެ.
ކޮވިޑްގެ ބަލި މީހުން ތިބި ރަށްރަށް
- ސ. ފޭދޫ
- ސ. ހިތަދޫ
- ކ. ތުލުސްދޫ
- ފ. ނިލަންދޫ
- ހދ. ކުރިނބި
- ކ. ހިންމަފުށި
- ނ. މިލަދޫ
- އދ. މާމިގިލި
- ވ. ކެޔޮދޫ
- ތ. މަޑިފުށި
- ތ. ވިލުފުށި
- ވ. ތިނަދޫ
- ޅ. ހިންނަވަރު
- ތ. ތިމަރަފުށި
- އދ. އޮމަދޫ
- ރ. އިނގުރައިދޫ
- ކ. ގުޅި
- ރ. ދުވާފަރު
- ލ. ގަން
- ރ. ކިނަޅޮސް
- ތ. އޮމަދޫ
- ދ. ރިނބުދޫ
- ފ. ދަރަބޫދޫ
- މ. މުލި
- ބ. އޭދަފުށި
- ކ. މާފުށި
- ފ. ބިލެއްދޫ
- ކ. ދިއްފުށި
- ގއ. ވިލިގިލި
- ސ. މަރަދޫ
- ކ. ގުރައިދޫ
- ށ. ޅައިމަގު
- ގއ. ދެއްވަދޫ