ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 122 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 122 މީހަކު ކޮވިޑް ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. މިއަދު ރަނގަޅުވީ މީހުންނާއެކު ރާއްޖެއިން ރަނގަޅުވި މީހުންގެ އަަދަދު ވަނީ 4561 އަށް އަރާފައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2636 މީހުންނެވެ. ކޮވިޑްގައި 28 މީހަކު ވަނީ މަރުވެފައެވެ.
މިވަގުތުވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 162 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.