ރާއްޖެއިން މިއަދު ކޮވިޑް-19 އަށް 178 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިއަދު އިތުރު 178 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އޭގެ ތެރެއިން 176 މީހަކު ޕޮޒިޓިވްވީ މާލެއިންނެވެ. އަދި އަތޮޅު ތެރެއިން ޕޮޒިޓިވީ ދެ މީހުންނެވެ.
އޭގެ އިތުރުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 141 މީހުންނަކީ ދިވެހިންނެވެ. އަދި 25 ބަންގްލަދޭޝް މީހަކު ވެސް މިއަދު ޕޮޒިޓިވްވިއިރު ދެން ހިމެނެނީ އިންޑިއާގެ ދިހަ މީހަކާއި ސްޕެއިންއަށް ނިސްބަތްވާ ދެ މީހެކެވެ.
އެއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިވަނީ 7225 އަށް އަރާފަ އެވެ.