ރިއާގެ ޗެޓްލޮގް ތަކުން ސުޝާންތުގެ މަރުގެ މައްސަލާގައި ޑްރަގް ޑީލަރަކާއި ވާހަކަދެއްކި ކަން ހާމަވެއްޖެ

ސުޝާންތް ސިންގް ރާޖްޕުތްގެ މަރުގެ ވާހަކަތައް މެދުނުކެނޑި ދެކެވެމުން ދާއިރު އެމަރުގެ ތަހުގީގަށް މިހާރު ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދިފައެވެ.

މުމްބާއިގެ ފުލުހުން ތަހުގީގު ކުރަމުން ދިޔަ މި މައްސަލައަށް ކުރިއެރުމެއް ނުލިބި ވަނިކޮށް އެ މައްސަަލަ މިހާރު ތަހުގީގު ކުރަމުންދަނީ އިންޑިއާގެ ސީބީއައި އިން ނެވެ.

އެގޮތުން ދާދި ފަހުން ރިއާގެ ހުރިހާ ޗެޓްލޮގު ތަކެއް ހޯދުމުގެ މަސަތްކަތުގެ ތެރެއިން އޭނާގެ ވަޓްސްއެޕް ޗެޓްލޮގަކުން ހާމަވެގެންދިޔަ މައުލޫމާތުން އެންމެންނަށް ވަނީ ޝޮކެއް ލިބިފައެވެ. އިންޑިއާގެ އެންފޯސްމެންޓް ޑިކްޓޮރޭޓްއިން ސީބީއައި އާއި ނާކޮޓިކްސް ޑިޕާޓްމެންޓާއި ހަވާލު ކޮށްފައިވާ ޗެޓްލޮގު ތަކުން ހާމަވެގެންގޮސްފައިވަނީ ރިއާ މަސްތުވާތަކެތި ގަނެވިއްކުމުގައި ޝާމިލްވެފައިވާ ކަމެވެ.

އެ ޗެޓުލޮގު ތަކުން އެނގުނު ގޮތުގައި ރިއާ ވަނީ ސުޝާންތުއަށް ނޭނގި އޭނާއަށް ޑްރަގް ދީފައެވެ. އަދި އެ ޑްރަގް ޑީލާ ކައިރިން ރިއާ ވަނީ އެ ބޭނުން ކުރާނެ ގޮތުގެ ތަފްސީލުވެސް އޮޅުން ފިލުވާފައެވެ.

ރިއާ އެމީހާއަށް ފޮނުވާފައިވާ އެއް މެސެޖުގައި ވަނީ 4 ތިކި ސަޔަށް އަޅައިގެން އޭނާއަށް ބޯން ދިނުމަށެވެ. އަދި 30-40 މިނިޓު ފަހުން އޭގެ އަސަރު ފެންނަން ފަށާނެ ކަމަށެވެ.

މީގެ އިތުރުން ސުޝާންތުގެ ޕޯސްޓްމޯޓަމް ހެދުމުގައި ޑިލޭ ކޮށްފައިވާ ކަމަށް ވެސް ތަހުގީގުން ވަނީ ހާމަވެފައެވެ. ބެލެވޭ ގޮތުގައި އެއީ ޑްރަގުގެ އަސަރު ކަނޑުވާލުމަށް ކޮށްފައިވާ ކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!