ސަރުކާރުގެ ނިޒާމުތައް ޑިޖިޓަލައިޒްކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

ސަރުކާރުގެ ނިޒާމުތައް ޑިޖިޓަލައިޒްކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައި ވަނީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލު، ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ ޑިޖިޓަލް ގަވަރމަންޓް ޓްރާންސްފޮމޭޝަނަށް ބޭނުންވާ ޑްރައިވް އިނީޝިއޭޓިވްއާ ގުޅޭގޮތުންނެވެ. އަދި މި ތަރައްޤީއާއިއެކު މިނިސްޓްރީތަކަށާއި ޕަބްލިކް ސެކްޓަރ އޭޖެންސީތަކަށް ޑިޖިޓައިޒޭޝަންގެ މަސައްކަތްތައް އެއަށް ބިނާކޮށް ކުރިއަށް ގެންދާނެއެވެ.

މި އިސްނެގުމުގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލް ޓްރާންފޮމޭޝަން އަކަށް ބޭނުންވާ ރާސްތާއި އަދި މަގުޗާޓު ތަރައްޤީކުރުމެވެ.

މީގެ އިތުރުން މި އިސްނެގުމަށް ބޭނުންވާ ރިފަރެންސް އަރކިޓެކްޗަރ އާއި އެޑޮޕްޝަން ގައިޑް މުސްތަގުބަލުގައި ތައްޔާރުކޮށް، ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!